ކޯވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު ފަލަސްތީނުގެ ހުޅަނގު އައްސޭރި ފަސް ދުވަހުގެ މުއްދަތަަކަށް ފުރަބަންދުކޮށްފިއެވެ.
ފަލަސްތީނުގެ ސަރުކާރުގެ ތަރުޖަމާނަކު ބުނީ ކޯވިޑް ކޭސްތައް އިތުރުވަމުންދިޔުމާއި ގުޅިގެން ސިއްހީ އޮފިޝަލުން ނޫން ބަޔަކަށް ބައެއް ސިޓީތަކަށް ނުވަދެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ސްކޫލާއި ކޮލެޖުތައްވެސް ބަންދުވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ފަލަސްތީނުގެ ހެލްތު އޮތޯރިޓީއިން ބުނީ ހޮނިހިރު ދުވަހު އެއްހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާއިރު މިބަލީގައި 27 މީހަކު މަރުވި ކަމަށެވެ.