އެންވަޔަރަމަންޓް މިނިސްޓަރަކަށް، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އަދި ފިޝަރިޒް މިނިސްޓަރަަކށް ޑރ.ޙުސައިން ރަޝީދު ޙަސަން ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފިއެވެ.
އެދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ މިއަދުު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެންވަޔަރަމަންޓް މިނިސްޓަރުކަމަށް އައިމިނަތު ޝައުނާ އައްޔަންކުރައްވާފައިވަނީ، ޓެކްނޮލޮޖީ މިނިސްޓްރީއާއި އެންވަޔަރުމަންޓް އެއްކޮށްލުމަށްފަހުއެވެ. އެ ވުޒާރާގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމަޓް ޗޭންޖު އެންޑް ޓެކްނޮލިޖީއަށް ބަދަލުކޮށްފައެވެ.
އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް ޝައުނާ އައްޔަންކުރެއްވިއިރު، ޝައުނާ މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައެވެ.