ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހުންނެވި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން މިއަދު އިސްތިޢުފާދެއްވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ލިބިވަޑައިގެންފައިކަމަށް އެ އޮފީހުން ބުނެއެވެ.
ޒަހާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގަތުމާ ގުޅިގެން، ރައީސް ސޯލިހު ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.