ހއ. ދިއްދޫއިން އިތުރު ނުވަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އިތުރު ނުވަ މީހަކު ޕޮޒިޓިވް ވުމާއިއެކު އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 33އަށް އިތުރުވެފައެވެ.
މިމަހުގެ އެއްވަނަ ދުވަހު ދިއްދޫއިން ފެނުނު ކޮވިޑް ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 381 ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 33 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި 193 ސާމްޕަލްއެއް ވަނީ ނެގެޓިވް ވެފައެވެ.
މޮނިޓަރިންގައި އޮތް ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ހައިރިސްކު މީހުންވެސް ހިމެނެއެވެ. އެރަށުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.