ރޭގަނޑު ނުވައަކުން ފަތިހު ހަތަރަކަށް ކާފިޔު ހިންގަނީ

ރޭގަނޑު ނުވައަކުން،  ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9 އިން ފަތިހު ހަތަރަކަަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަަށެވެ.

މާލެ ސަރަހައްދުގައި އަލުން ކާފިއު ހިންގަން ފަަށާފައި މިވަނީ ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވާން ފެށުމުންނެވެ. ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި 734 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ، މިހާރުގެ ހާލަތުން އަރައިގަތުމަށްޓަކައި ކެޕޭސިޓީ އިތުރު ކުރަންޖެހޭ ކަމަށެވެ. އެގޮތުން އައިސީޔޫ އެނދު އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.