ދިއްދޫއިން އިތުރު 57 މީހަކު ޕޮޒިޓިވް

ހއ.ދިއްދޫއިން އިތުރު 57 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. 

އެރަށުގައި ހުންނަ  ހއ.އަތޮޅު ހޮސްޕިޓަލުން ބުނީ ބުދަ ދުވަހުގެރޭ 12:25 އާއި ހަމައަށް އެ ރަށުން ޖުމްލަ 57 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އެ މީހުންގެތެރެއިން ފުރަތަމަ މީހާ ޕޮޒިޓިވްވީ ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓު ކުރުމުން މިދިޔަ ހޮނިހިރު ދުވަހުއެވެ. 

އޭގެފަހުން އެ ރަށުން ޕޮޒިޓިވްވި މީހުންގެތެރެއިން 52 މީހުންނަކީ އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ. 

ނަމަވެސް އޭގެ ފަހުން ބަލީގެ ޢަލާމަތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ އިތުރުން ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ. 

ބަލި ޖެހިގެން ކޮންޓެކްޓް ވެފައިވާ މީހުން ގިނައިރު، އެރަށުގެ 170ދެގެ ވަނީ ކަރަންޓީނުކޮށްފައެވެ.

މިދުވަސްވަރަކީ މުޅި ރާއްޖޭގައިވެސް ކޯވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ދުވަސްވަރެކެވެ. ފާއިތުވި ސައުވީސް ގަޑިއިރު އެކަނިވެސް މިބައްޔަށް އިތުރު 734 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.