"އަސުރު އޮންލައިން"ގެ ކިޔުންތެރިންނާއި މިއަދު މި ހިއްސާކޮށްލަނީ ވަރަށް މީރު ޗޮކްލެޓް މިލްކްޝޭކްއެއް ތައްޔާރުކޮށްލާނެ ގޮތެވެ.
މިއީ ވަަރަށް ފަސޭހަކަމާއިއެކު ތައްޔާރުކޮށްލެވިދާނެ ރަހަމީރު ބުއިމެކެވެ. ރޯދަ ވީއްލާ ގަޑިއަށް، ކުޑަކުދިންނަށްވެސް ކަމުދާނެކަން ޔަގީނެވެ.
ޗޮކްލެޓް މިލްކްޝޭކް ހެދުމަށް ބޭނުންވާނެ ތަކެތި:
އެއް މޭޒުމަތީ ސަމުސާ ޗޮކޮލެޓް މިލްކް ޝޭކް ޕައުޑާ
އެއް ސްކޫޕް ޗޮކްލެޓް އައިސްކްރީމް
އެއް މޭޒުމަތީ ސަމުސާ ހިކި ކިރު
އެއްތަށި އައިސްފެން
އެއް އައިސްކިއުބް
ދެ ސަމުސާ ހަކުރު
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ އައިސްކިއުބާއި، ޗޮކޮލެޓް ޝޭކް ޕައުޑަރާއި އައިސް ފެން، ހިކި ކިރު ހަކުރު އެއްކޮށް އަޅާފައި މިކްސަރުން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެ މައްޗަށް އައިސް ކްރީމް ސްކޫޕް އަޅާށެވެ. މިހާރު ޗޮކްލެޓް މިލްކްޝޭކް އެހުރީ ސާވް ކުރަން ތަައްޔާރުވެފައެވެ.