ޅ.ނައިފަރު ހޮސްޕިޓަލުގައި ކޯވިޑް-19އަށް ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
މިއީ މިއަދު ކޯވިޑްގައި ނިޔާވި ދެވަނަ މީހާއެވެ. އަދި ރާއްޖެއިން މިބަލީގައި ނިޔާވި 76 ވަނަ މީހާއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، މިއަދު މެންދުރުފަހު 12:30ހާއިރު، ނައިފަރު ހޮސްޕިޓަލުގައި ނިޔާވީ އުމުރުން 83 އަހަރުގެ ފިރިހެނެއް ކަމަށެވެ. އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.
ފާއިތުވި ސައުވީސް ގަޑިއިރު އެކަނިވެސް މުޅި ރާއްޖެއިން 734 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، ނުރައްކަލުން ސަލާމަތްވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، ސަރުކާރަށް ހާލަތަށް ތައްޔާރުވެވިފައިި ނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.