ކޯވިޑް-19އިން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައި ވިޔަސް، ފައިމަގުގައި ދަމުނަމާދަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ، ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއިއެކު، ފައިމަގުގައި ދަމުނަމާދު ކުރަން ދެވޭނެ ކަމަށެވެ. ތަރާވީސް ނަމާދުވެސް ކުރު ކުރުމަށް އިމާމުންނަށް ވަނީ އަންގައިފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިސްކިތް ތަކުގައި ޖަމާއަތް ހަދާއިރު ސަފު ދުރު ކުރުމާއި، ގެއިން ވުޟޫ ކޮށްގެން ދިއުމަށާއި، އަމިއްލަ މުސައްލައެއް ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އެދިފައެވެ. މީގެއިތުރުން، މާސްކު އަޅައިގެން ޖަމާއަތުގައި ނަމާދު ކުރުމަށް ވަނީ އަންގާފައެވެ.
މިދުވަސްވަރު އާދަޔާ ހިޔާލު ހަލުވި މިނެއްގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 9އިން ފަތިހު 4 ޖެހުމާއި ހަމައަށް، ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.