ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލައި ދިން ހަމަލާ ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފިއެވެ.
އެޕާޓީން ބުނީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ، އެޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ކަން ހިނގި ގޮތުގެ މައުލޫމާތު ފުލުހުން އާންމު ކުރުމުން ބަޔާނެއް ނެރޭނެ ކަމަށްވެސް ވަނީ ބުނެފައެެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އަސުރު އޮންލައިންއަށް އެނގިފައިވާ ގޮތުގައި، މިކަން ހިނގާފައިވަނީ ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދުގައެވެ. އެއީ އަތަމާ ޕެލެސް ހޮޓަލް ކުރިމައްޗެވެ.
މަންޒަރު ދުށް މީހުން ބުނީ، އެއްޗެއް ގޮއްވާލީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކަމަށެވެ.
މި ހާދިސާގައި ކެނެރީގެ ކައިރީގައި ހުރި ސައިކަލެއް ކައިރީގައި އެއްޗެއް ގޮވައި، ބިދޭސީއަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެސަރަހައްދު ބަންދުކޮށް، ފުލުހުން ދަނީ މިކަން ބަލަމުންނެވެ. ނަަމަވެސް މިހާތަނަށް މިކަމުގައި ފުލުހުންގެ ބަހެއް ނުލިބެއެވެ.