ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެލާޓް ސްޓޭޓަސް މަތިކޮށްފިއެވެ.
ގައުމީ ދިފާއީ ބާރުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީމ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައި ކަމަށްވެސް ބުންޏެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ. އެމަނިކުފާނުގެ ހާލު ބެއްލެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ އޭޑީކޭއަށް ވަޑައިގެންފައެވެ.