ރައީސް ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަައްމަދު ސޯލިހު މިރޭ ގައުމާއި މުހާތަބު ކުރައްވާނެކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ޤައުމާ މުޚާތަބު ކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ. 
ރައީސްގެ ޚިތާބު ޓީވީތަކުން ލައިވްކޮށް ދައްކާނެއެވެ.