ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދިން ހަމަލާގައި އިތުރު ހަތަރު މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނިގޮތުގައި، ރައީސް ނަޝީދުގެ ގެކޮޅު، ގަލޮޅު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމްއެންޑީއެފްގެ ދެ އޮފިސަރުންނާއި، އިތުރު ދިވެއްސަކާއި، ބިދޭސީއަަކަށްވެސް ވަނީ އަނިޔާވެފައެވެ. އެއީ އިނގެރޭސިވިލާތަށް ނިސްބަތްވާ މީހެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާގެ ތަހުގީގު ބޮޑު އިސްކަމެއްދީގެން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ބުނެފައެވެ.
ނަޝީދަށް ދިން ހަމަލާއިން ލިބުނު ގެއްލުންތަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނައިރު، އެމަނިކުފާނުގެ ހާލު ސީރިއަސްކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.