ހިޔާލު ތަފާތުވިޔަސް، ނަފްސަށް ގެއްލުން ދީގެން ނުވާނެ: ޓޮމް

ހިޔާލު ތަފާތު ވިޔަސް، ނަފްސަށް ގެއްލުންދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު(ޓޮމް) ވިދާޅުވެއްޖެއެވެ. 

ޓޮމް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް މިރޭގެ ވަގުތެއްގައި ދީފައިވާ ނާތަހުޒީބީ ހަމަލާ ކުށްވެރިކުރައްވާ ކަމަށެވެ. 

"ކިތަންމެ ޚިޔާލު ތަފާތުވިޔަސް، އަދި ހިތްހަމަ ނުޖެހުނަސް، އަނެކާގެ ނަފުސަށް ގެއްލުންދީގެން ނުވާނެ. ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި" ޓޮމް ވިދާޅުވިއެވެ. 

ރައީސް ނަޝީދަށް ދިން ހަމަލާ ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ރައީސް ނަޝީދަށް ދިން ހަމަލާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިއީ ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވަނީ ބުނެފައެވެ.