ރައީސް ނަޝީދަށް ފަރުވާ ދިނުމަށް އިތުރު އޮޕަރޭޝަނެއް ކުރުމަށް މަސައްކަތް އެބަކުރޭ: ރައީސް ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިތުރު އޮޕަރޭޝަނެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، މިރޭ ދެއްވި ޚިތާބުގައެވެ. 

"މިހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރަން" ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް ދިން ހަމަލާ، ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެެވެ.