ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު މީހުން ކޮވިޑު-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިވަރަށް ޕޮޒިޓިވް ވެފައިވަނީ 3،574 ސާމްޕަލްގެ ތެރެއިންނެވެ.
އިތުރު 703 މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 33،368އަށް އިތުރުވެފައެވެ.
ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 526 ކޭސް ފެނުނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން ޕޮޒިޓިވް ވެފައިވަނީ 167 މީހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި، ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަަނަށް 77 މީހަކު ވަނީ ނިޔާވެފައެވެ.