ބިސްކަޓް ފަޖް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:
އެއް ޕެކެޓު މާރީ ބިސްކޯދު (ފުނޑުކޮށްފައި)
125 ގުރާމު ބަޓަރު
ދެ މޭޒުމަތީ ސަމުސާ އައިސިން ޝްގާ
ތިން މޭޒުމަތީ ސަމުސާ ކޮކޯޕައުޑަރު
އެއް ދަޅު ގެރިކިރު (ޑަބަލް ޕީޗް)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ބަޓަރު ރަގަނޅަށް ހޫނުކޮށްލުމެވެ. އެއަށްފަހު އައިސިން ޝްގާކޮޅު އަޅާލާފައި ރަނގަޅަށް އެއްކުރަމުން ކޮކޯ ޕައުޑަރު އަޅާށެވެ.
ދެން ގެރިކިރު އެޅާފައި ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާނީއެވެ.
ދެން ރަނގަޅަށް އެއްކޮށްލުމަށް ފަހު ޓްރޭއަކަށް އަޅައި، ބޭނުން ސައިޒަކަށް ކެފުމަށް ފަހު އައިސްއަލަމާރީގައި ވިއްސަކަށް މިނެޓު ބަހައްޓާށެވެ.