ޕޮޒިޓިވް ކޭސްތައް މަދު ނުވާތީ އަމިއްލަ ތަންތަނުންވެސް ގޭގައި މަސައްކަތް ކުރުމަށް އަންގައިފި

ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭ ސަރަހައްދުގައި ހުރި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ. 

އެކަމަނާ ސޮއިކުރައްވައި، ނެރުއްވި ގަރާރެއްގައި ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަމަށްޓަކައި އަޅާންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮންމެހެން އޮފީހަށް ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ފިޔަވައި ހުރިހާ ކަމެއް އޮންލައިންކޮށް ބޭއްވުމަށް އަންގަވާ ކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ  އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ވަނީ 703 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 526 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ.  އަދި 167 މީހުން އަތޮޅު ތެރެެއިން ވަނީ ޕޮޒިޓިވް ވެފައެވެ.