ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުންހުރި ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާ ދިން ސަރަހައްދުން، ހަތަރު މީހެއްގެ ފަރާތުން ޝައްކުވާ ކަންތައްތަކެއް ފާހަގަ ކުރެވުނު ކަމަށެވެ. ޕީޖީއާއި ގުޅިގެން އެމީހުންގެ މައްޗަށް ތަހުގީގު ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ރޭ ދިން ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއެއް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި ރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ނަޝީދު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ.
މި ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެމަނިކުފާނުގެ ތިން އޮޕަރޭޝަނެއް ކޮށްފައިވާއިރު، އެ އޮޕަރޭޝަންތައް ކާމިޔާބު ކަމަށް ޕޮލިސް ކޮމިޝަަނަރު ވިދާޅުވިއެެވެ.