ފިތުރު ޒަކާތް ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެނެސްފި

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ފިތުރު ޒަކާތް ބަލައިގަންނަ ގަޑިތަކަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އެމިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ރޭގަނޑު 9އިން ފަތިހު 4:00އަށް ކާފިޔު ހިންގުމަށް ނިންމާފައިވާތީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން، އަންގާރަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަަލައިގަންނަ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. 

އެގޮތުން، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސް ދުވަހު، ހެނދުނު 10:00އިން 12:00އަށް، އަދި، މެންދުރުފަހު 13:00އިން 17:00އަށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.