މަސްޖިދުލް އަޤްސާގައި އަޅުކަން ކުރަން ތިބި މުސްލިމުންނަށް އިސްރާއީލްގެ ޔަހޫދީން ހަމަލާދީފި

މަސްޖިދުލް އަޤްޞާގައި އަޅުކަންކުރަން ތިބި ފަަލަސްތީނުގެ މުސްލިމުންނަށް އަމާޒުކޮށް އިސްރާއީލުގެ ސިފައިން  ހަަމަލާތަކެއް ދީ،170 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލައިފިއެވެ. 

ފަލަސްތީނުގެ މުސްލިމުންނާއި އިސްރާއީލްގެ އަނިޔާވެރި ޔަހޫދީންނާއި ދެމެދު ޤުދުސްގެ މައްސަލައިގައި ހަމަނުޖެހުންތައް ހިނގަމުން އަންނަތާ ހަފްތާއެއް ވަނީ ވެފައެވެ. 

ރޯދަ މަސް ފެށުނު ފަހުން ހަމަނުޖެހުންތައް އިތުރު ވެފައިވާއިރު، މަސްޖިދުލް އަޤްސާގެ އިތުރުން، އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ އެހެނިހެން ސަރަހައްދުގައިވެސް، ހަމަނުޖެހުންތައް ކުރިއަށްދާ ކަަމަށް ރިޕޯޓްތައް ބުނެއެވެ. 

މަސްޖިދުލް އަޤްސާގައި މުސްލިމުންނަށް އަމާޒުކޮށް އިސްރާއީލްގެ ފުލުހުން ހަމަލާ ދޭން ފެށީ ހުކުރު ދުވަހުގެ އަސުރު ނަމާދަށް ފަހުގައެވެ. މި ހަމަލާތަކުގައި 178 މީހުން ވަނީ ޒަހަމް ވެފައެވެ. 

ޤުދުސްގެ އެހެން ސަރަަހައްދުތަކުގައި ފަަަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 184 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބުނެވެ. އޭގެތެރެއިން 88 މީހަަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

އިސްރާއީލްގެ ބާރުގެ ދަށަށް ހުޅަނގު އައްސޭރި ގެންގޮސްފައިވަނީ، 1967ވަނަ އަހަރު ކުރި ހަނގުރާމައިގައެވެ.