ދަމު ނަމާދު ކުރަމުންދަނިކޮށް، މިސްކިތަށް ވަދެ އިމާމަށް ހަމަލާ ދީފި

ލ.ގަމުގެ މިސްކިތެއްގައި ދަމު ނަމާދު ކުރަމުން ދަނިކޮށް، އެމިސްކިތަށް ވަތް މީހަކު އިމާމަށް ހަމަލާ ދީފިއެެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ގަމުގެ، ތުނޑި، އާބާދީ ސަރަހައްދުގައި މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް، މީހަކު ވަދެ އިމާމު ގައިގައި ޖަަހައި، މައިކް އެއްލާލުމަށްފަހު ގޮސްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. 
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ މެންދަމު 2:50ގައެވެ. ފުލުހުން ބުނީ މިކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

ފަހަކަށް އައިސް މިސްކިތްތަކަށް ވަދެ، މިފަދަ އަމަލުތައް ހިންގާ މީހުން ވަނީ އިތުރުވެފައެވެ. ގަމުން ވާހަކަ ދެއްކި މީހަކު ބުނީ، މިސްކިތަށް ވަތް މީހާ ހުރީ މަސްތުގެ ހާލަތުގައި ކަަމަށް ބެލެވޭ ކަމަށެވެ. 

އެމީހާ އިމާމާ ދިމާލަށް ހުތުރު ބަހުން އެއްޗެހި ކިޔުމަށްފަހު، މިސްކިތުގެ މައިކުވެސް ހަލާކު ކޮށްލި ކަމަށް ވަނީ ބުނެފައެވެެ.