ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި، އެ ބަލީގައިމިއަދު ފަތިހު 04:45 ހާއިރު އައިޖީއެމްއެޗް އެމެޖެންސީއަށް ގެންދިޔަ އުމުރުން 51 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. 

މިއީ މި ބަލީގައި ނިޔާވި 84 ވަނަ މީހާއެވެ. ކޯވިޑް ފެތުރޭން ފެށި ފަހުން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މެއިމަހުގެ ހަވަނަ ދުވަހުއެވެ. އެދުވަހު ހަ މީހަކު ނިޔާވިއެވެ. 

ފާއިތުވި ސައުވީސް ގަޑިއިރު، އިތުރ 590 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އަދަދުތައް ދަށަށް ނުދާނަމަ، ފުރަބަންދު ކުރަން ޖެހިދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވަނީ ބުނެފައެވެ. 

 

ފޮޓޯ: މިހާރު