ދިވެހި ގައުމުގެ ސަލާމަތަށްޓަކައި "ނޫނެކޭ" ބުނުމުގެ އިހްތިޔާރުވެސް، ދިވެހި ސަރުކާރަށް ލިބިފައިނުވާ ކަަަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ތޯރިގު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، ކޯވިޑް-19ގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ އިންޑިއާއިން ރާއްޖެއަށް މީހުން އައުން ހުއްޓުވާފައި ނުވާތީ، ގިނަ ރައްޔިތުން އެކަމުގެ ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންޑިއާގައި ކޯވިޑްގެ އާ ވޭރިއަންޓެއް، ހަލުވި ކަމާއިއެކު ފެތުރެމުން އަންނައިރު، މި ވޭރިއަންޓަކީ، ފުއްޕާމެއަށްވެސް ވަރަށް ބޮޑަށް ގެއްލުންދޭ ވޭރިއަންޓެއް ކަަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެެއެވެ.
ތޯރިގު ވިދާޅުވީ، އިންޑިއާގައި ހުރި ހުރިހާ ވޭރިއަންޓެއް މިހާރު ރާއްޖެ އެތެރެވެ ނިމިފައިވާ ކަމަށެވެ.
ހުޅުމާލޭ ގޮނޑުދޮށުގައި ތިބި ބައެއް ފަތުރުވެރިންގެ ފޮޓޯ ހިއްސާ ކުރައްވައި، އޭނާ އެކަމަށްވެސް ފާޑު ވިދާޅުވިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ، ރާއްޖޭގައި ކޯވިޑްގެ އާ ވޭރިއަންޓެއް އުޅޭކަން ޔަގީންކޮށްދީފައެވެ.
ނަަމަވެސް އެއީ ކޮން ވޭރިއަންޓެއްކަން ދެނެގަތުުމަށް "ޖެނެޓިކް އެނަލިލިސް" ހަދަން ޖެހޭނެ ކަމަށް، އެޗްއީއޯސީއިން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަހްމަދު ޝަހީދު ވިދާޅުވެފައިވެއެވެ.