ކުރިން ނެގި ބައެއް ސާމްޕަލްތަކުގެ ނަތީޖާއާއެކު އިތުރު 1،204 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ކުރިން ނެގި ސާމްޕަލްތަކެއްގެ ނަތީޖާތަކާއެކު، ރާއްޖެއިން އިތުރު 1،204 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ބަލި ޖެހުނު މީހުންގެ ތެރެއިން 961 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. 

މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 235 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ޕޮޒިޓިވް ވީ އަށް މީހުންނެވެ. 

މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރޭގައި، މީގެ ދެ ހަފްތާ ކުރިން ނެގި ސާމްޕަލްތައް ހިމެނެއެވެ. އެ ސާމްޕަލްތައް ނުލައި، މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 728 ސާމްޕަލްއެެވެ. 

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 10،376 މީހުންނެވެ. ކޯވިޑް ޖެހިގެން މިއަދު މަރުވި ތިން މީހުންނާއެކު، މި ބަލި ޖެހިގެން މިހާތަނަށް 87 މީހަކު މަރުވެފައިވެއެވެ. 
    

ފޮޓޯ: ޕީއެސްއެމް