އިސްރާއީލުން ޤުދުސްއަށް ހަމަލާދީ ފަލަސްތީނުގެ 20 މީހުން ޝަހީދުކޮށްލައިފި

ޤުދުސްއާއި ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި، ފަލަސްތީނުގެ 20 މީހުން ޝަހީދުކޮށްލައިފިއެވެ.

މި ހަމަނުޖެހުންތައް ފެށުނީ ޤުދުސްގައި ހުންނަ، މުސްލިމުންގެ ތިންވަަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ، އަލް-އަޤްސާ މިސްކިތުގައި އަޅުކަން ކުރާ މުސްލިމުންނަށް އިސްރާއީލްގެ ޔަހޫދީން ހުރަސް އަޅައި، ހަމަލާ ދިނުމުންނެެވެ. 

ބަދަލު ހިފުމުގެ ގޮތުން، ހަމާސް ޖަމާއަތުން ރޮކެޓް ހަަމަލާތަކެއް ދިންއިރު، އިސްރާއީލުން ވަނީ، ވައިގެ މަގުން، ވަރުގަދަ ހަމަލާތެކެއް ދީފައެވެ. މި ހަމަލާތަކުގައި 20 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. 

އިސްރާއީލް ސިފައިންގެ އަނިޔާވެރި ހަމަލާތަކުގައި، ދުނިޔެ ދޫކުރި މީހުންގެ ތެރޭގައި، ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ޤުދުސްގައި ފަަލަސްތީނާއި އިސްރާއީލާ ދެެމެދު ހަމަނުޖެހުންތައް އިތުރުވެގެން ދިޔައީ، އަޤްސާ މިސްކިތުގައި، ހޯމަ ދުވަހު އަޅުކަން ކުރަން ތިބި މީހުންނަށް އިސްރާއީލް ފުލުހުން ކަރުނަ ގޭހާއި، ސްޓަން ގްރަނޭޑް ބޭނުންކޮސްގެން ހަމަލާ ދީ، 300އަށްވުރެ ގިނަ މުސްލިމުން ޒަަހަމްކޮށްލުމާއި ގުޅިގެންނެވެ. 

ރަމަޟާންމަހާއި ދިމާކޮށް، އަޤްސާ މިސްކިތުގައި އަޅުކަން ކުރުމަށް ހުރަސް އަޅައި، މިފަދަ ޓެރަރިސްޓް ހަަމަލާތައް ދިނުމަކީ އިސްރާއީލުން އާންމުކޮށް ކުރާ ކަމެކެވެ.