އުމަރުގެ އަވައިގައި ޕީޕީއެމްއާއި ޕީއެންސީ ވަނީ ޖެހިފައި: ވިސާމް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިޔާސީ ގޮތުން ދައްކަވާ ވާހަަކައިގެ އަވައިގައި ޕީޕީއެމް އާއި ޕީއެންސީން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ. 

 

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރެވުނު އުތުރުތިލަފަޅު މަޝްރޫއުގެ އެއްބަސްވުމުގެ ޑްރާފްޓެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ އެއްބަސްވުން ލީކުކޮށްލި މީހުންނާއި ދޭތެރޭގައި ފިޔަވަޅު އެޅުމަށް ގޮވާލައި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވިސާމް ވިދާޅުވީ އުމަރުގެ ވާހަކަތައް ޕީޕީއެމް-ޕީއެންސީން ގަބޫލު ކުރާއިރު އޭނާ އަކީ ރައީސް ޔާމީންގެ ވެރިކަމެއްގައި ރާއްޖޭގެ ރަށްތައް ވިއްކާލައި، ތިޖޫރީވެސް ހުސްކޮށްލާނެ ކަމަށް ވިދާޅުވި ބޭފުޅެއް ކަމަށެވެ. 

 

"މިއަދު އުމަރު ނަސީރު މިފަދަ ވާހަކަތަކެއް ދެއްކި ކަމުގައިވިޔަސް، އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. ދިވެހި ރައްޔިތުންނަށް، އުމަރު ނަސީރު ސިޔާސީ ގޮތުން ވާހަކަ ދައްކާނެކަން މާބޮޑަށްވެސް ސާފު ވާނެ" ވިސާމް ވިދާޅުވިއެވެ. 

 

އުތުރުތިލަފަޅުގެ ޑްރާފްޓް އެއްބަސްވުމާއި ގުޅޭގޮތުން އުމަރު ވިދާޅުވެފައިވަނީ އެއީީ ފޭކު އެއްބަސްވުމެއް ނޫން ކަމަށެވެ. އެއީ އިންޑިއާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ގުޅިގެން އުމަރުކަންބޮޑުވުން ފާޅު

ކުރައްވަމުން ގެންދަވާއިރު، އޭނާ އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބުމާ ދެކޮޅަށް އަޑު އުފުއްލަވާ ބޭފުޅެކެވެ. އުމަރު ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި 400އެއްހާ އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.