ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު މެންދުރު 12:27ހާއިރު އައިޖީއެމްއެޗްގެ އީއާރްއަށް ގެނައި އުމުރުން 66 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވީ 12:35ހާއިރު ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި 67 ވަނަ މީހާއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު 147 މީހަކަށް ކޯވިޑް ޖެހިފައިވެއެވެ.
މިބަލި ޖެހިގެން މިހާރުވެސް 93 މީހަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެެވެ.