ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް އަންނަ ޖޫން މަހުގެ ކުރިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްަޓަރ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަމަކުރުމަކީ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ތާވަލުގައި އޮތްގޮތުން އަންނަ އޭޕްރީލް މަހުގެ ތެރޭގައި އެމްބިއުލާންސްތައް ލިބެން ފަށާނެ ކަމަށެވެ.
އަދި އެމްބިއުލާންސް ބޭނުންވާ ރަށްތައް ދެނެގަނެވި އެމްބިއުލާންސްތައަް ލިބުމުން އެރަށްތަކަށް ފޮނުވާނެ ކަމަށެވެ. ރާއްޖެއަށް ގެންނަ އެމްބިއުލާންސްތަކަކީ މިނިސްޓްރީން ގަނެގެން ގެންނަ އެމްބިއުލާންސްތަކެއްގެ އިތުރުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބޭ އެމްބިއުލާންސްތަކެއް ކަމަށްވެސް މިނިސްޓަރ ނަސީމް ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް އަންނަ ޖޫން މަހުގެ ކުރިން ލިބޭނެކަން ހާމަކުރައްވާފައިި މިވަނީ ކޯވިޑް-19 ގެ މިޙާލަތުގައިވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސް ގެ ޚިދުމަތް ނުދެވި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފަައި ވަނިކޮށެވެ.