މާލެ ރައްޔިތުންގެ ކެކުޅުންތަކަށް ޑރ.މުއިއްޒު އިޖާބަ ދެއްވަވާނެ: ޚަލީލު

 

މާލެ ސިޓީގެ މޭޔަރު ކަަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ، ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒުއަކީ މާލެ ރައްޔިތުންގެ ކެކުޅުންތަކުގެ އަޑު އައްސަވާނެ ބޭފުޅެއްކަަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
 

ޑރ.ޚަލީލުު މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. މާލޭގެ މޭޔަރު ކަމަށްވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު އެކެއް، މުއިއްޒުއަށް ތައުރީފު ކުރައްވައި، ޚަލީލު ވިދާޅުވީ މުއިއްޒު އަކީ މާލޭގެ ކުނިގޮނޑު ހުސްކުރެއްވި ބޭފުޅާ ކަަމަށެވެ.
 

"މާލެ ރައްޔިތުންގެ ކެންކުޅުތަކަށް އިޖާބަ ދެއްވާނެކަން، ރައްޔިތުންނަށް މުސީބާތަކަށް ވެފައި އޮތް ކުނިގޮނޑު "ގެއްލުވާލި" ގޮތުން ސާބިތުވޭ" ޚަލީލު ވިދާޅުވިއެވެ.
 

ޚަލީލު އިތުރަށް ވިދާޅުވިގޮތުގައި، މާލޭގެ މޭޔަރު ކަމަށް ބޭނުންވަނީ ހިޔާލު ތަނަވަސް، މުރާލި ބޭފުޅެއް ކަމަށެވެ. އަދި ޑރ.މުއިއްޒު އަކީ ވަަރަށް ގާބިލު، އަދި ކުޅަދާނަ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.