ރަށްވެހި ފަތިހެއް ހޯދައިދެނީ މާލޭގެ ހާސްކަން ފިލުވައިދޭން: އަނަސް

މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރައްވައި، ކުރަން އުޅޭ މަސައްކަތަކީ މާލޭގެ ހާސްކަން ފިލުވައިލުން ކަމަށް މާލޭގެ މޭޔަރު ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
 

އަނަސް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ރަށްވެހި ފަތިހެއް ހޯދައިދިނުމުގެ ބޭނުމަކީ މާލެއަކީ، ހިތްފަސޭހަ އަދި އަމާން ސިޓީއަކަށް ހެދުން ކަމަށެވެ.
 

އެމްޑީޕީއަށް މިފަހަރު ކައުންސިލްތަކުގެ މެޖޯރިޓީ ލިބިއްޖެނަަމަ، ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވަނީ ވައުދުވެފައެވެ.
 

އެގޮތުން މާލެ ސިޓީއަށް ކައުންސިލް ހައުސިންގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ނިންމާފައިވާއިރު، ދިގު މުއްދަތަކަށް ދައްކާ ޚަލާސްކޮށްގެންވެސް ބޯހިޔާވަހިކަމެއް މިލްކު ކުރެވޭން ނެތް ފަރާތްތަކަށް ސިޓީ ކައުންސިލުން ޖާމިނުވެ، އެފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެެއެވެ.