ރައީސް ސޯލިހު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު މެންދުރުފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރުފަހު، 2:30ގައި ކަމަށެވެ.

މިއީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ބަލިވި ފަހުން ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

އެމަނިކުފާނު ވަނީ ކައުންސިލް އިންތިޚާބުގައި މާލެ، އައްޑޫ، ފުވައްމުލައް އަދި ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައިފައެވެ.

ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލު ކުރެއްވީ މާޗުމަހުގެ 10 ވަނަ ދުވަހުއެވެ.