ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގައި އަންނަ ހުކުރު ދުވަހު ނަމާދު ކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގައި މިހަފްތާގެ ހުކުރު ދުވަހު ނަމާދު ކުރަން ފެށޭވަރުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީއިން މިކަން ހާމަކޮށްފައިވަނީ، މިއަދު ކުރި ޓްވީޓެއްގައެވެ. ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާފައިވާ މިސްކިތުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލައްވައިފައެވެ. 

މިސްކިތް މިހާރު ހުރީ ތަޅުން އަޅައި، ހިޔާކޮށްފައި ކަަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.