ޝާހިދު ކަޕޫރުގެ މިވާހަކަތައް އެނގޭތަ؟

 ޝާހިދު ކަޕޫރަކީ އެކްޓް ކުރުމުގެ އިތުރުން މޮޅު ނެށުންތެރިއެެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ތަރިއެކެވެ.

ޝާހިދު އުފަންވެފައިވަނީ 25 ފެބްރުއަރީ 1981ގައެވެ. އޭނާގެ މަންމަ އާއި ބައްޕަ އަކީވެސް ފިލްމީ ދާއިރާއާއި ގުޅިފައިވާ ދެމީހުންނެވެ. ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރަކީ ސްޓޭޖް މަތީގައި އެކްޓު ކުރުމުގެ އިތުރުން ޓީވީ ޑްރާމާތަކުންވެސް ފެނުނު ފަރާތެކެވެ.

 

މީގެ އިތުރުަން މަޝްހޫރު ފިލްމުތަކުންވެސް އޭނާ ފެނިގެންގޮސްފައިވެއެވެ.  ޝާހިދުގެ މަންމަ ނިލިމާ އަޒީމް އަކީވެސް އެކްޓްރެސްއެއްގެ އިތުރުން ކްލެސިކަލް ޑާންސަރއެކެވެ. ޝާހިދުގެ އުމުރުން އެންމެ ތިން އަހަރުގައި އޭނާގެ މައިންބަފައިން ވަނީ ވަކިވެފައެވެ.  އޭގެ ފަހުން ޝާހިދު އުޅުނީ އޭނާގެ ކާފަމެންގެ ގޭގައެވެ.

 

ޝާހިދު އެންމެ ފުރަތަމަ ކިޔެވީ މުމްބާއީގައި ހުންނަ ރާޖުންސް ވިދަޔާލާ ސްކޫލުންނެވެ. އޭގެ ފަހުން އޭނާ 3 އަހަރުވަންދެން ކިޔަވާފައިވަނީ މީޓީބާއީ ކޮލެޖުންނެވެ. ޝާހިދުގެ ކާފަ އަންވަރް އަޒީމަކީ އިންޑިޔާގައި އެއްއިރެއްގައި ވަރަށް މަޝްހޫރު ޖާނަލިސްޓެކެވެ.  މުނިކާފަ ކޭއޭ އައްބާދް އަކީ ޖާނަލިސްޓެއްގެ އިތުރުން ވަރަށް މަޝްހޫރު ސްކްރީން ރައިޓަރެކެވެ.

 

ޝާހިދު އެންމެ ފުރަތަމަ އެކްޓިންއާއި ގުޅުން ހުރި ކަމަަކަށް ކޮށްފައިވަނީ އިޝްތިހާރު ކުޅުމާއި މިއުޒިކް ވީޑިޔޯ ކުޅުމެވެ. ނަމަވެސް ފިލްމު ކުޅެން ފެށުމުގެ ކުރިން އޭނާ ވަނީ ނަށަން ދަސްކޮށްދޭ އިންސްޓިޓިއުޓް ތަކުން ތަމްރީންވެސް ހޯދާފައެވެ. މަޝްހޫރުވި ފިލްމު ތާލްގެ ލަވައެއް ކަމަށްވާ ކަހީ އާގް ލަގޭ ލަގްޖާވޭ މިލަވައިގައި ޝާހިދު ވަނީ ބެކްގްރައުންޑް ޑާންސަރއެއްގެ ގޮތުގައިވެސް މަައްކަތް ކޮށްފައެވެ.  މީގެ އިތުރުން ދިލް ތޯ ޕާގަލްހޭގެ ލަވައެއްގައިވެސް ބެކް ގްރައުންޑް ޑާންސަރއެއްގެ ގޮތުގައި ޝާހިދު ކަަޕޫރް ވަނީ މަސައްކަތް ކޮށްފައެވެ.  

 

ޝާހިދުގެ ފުރަތަމަ ފިލްމަކީ 2003 ވަނަ އަަހަރު ރިލީސް ކުރި ފިލްމު އިޝްކް ވިޝްކްއެވެ. މިފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް މިފިލްމުގައި ޝާހިދުގެ ރޯލަށް ގިނަ ބަޔަކު ތައުރީފް ކުރިއެވެ. ޝާހިދުގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަކީ 2007 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ޖަބްވީމެޓް އެވެ.