ރައީސް ޔާމީން މިރޭ ގެއަށް ބަދަލު ކުރަނީ

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްުﷲ ޔާމީން އަބްދުލްްޤައްޔޫމް މިރޭ ގެއަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީން ގެއަށް ބަދަލު ކުރަނީ އެއްމަސް ދުވަހަށެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މީގެ ކުރިން ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރަމުންދާކަން ހާމަކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ، ރައީސް ޔާމީން މިރޭ ގެއަށް ބަދަލު ކުރަން ހަމަޖެހިފައި އޮތްކަމެއް އެމަނިކުފާނުގެ ވަކީލުންނަށް އަންގާފައި ނުވާ ކަމަށެވެ.

ރަމަޟާންމަހާއި ދިމާކޮށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް، އެމަނިކުފާނުގެ އާއިލާއިން ވަނީ އެދިފައެވެ.