ރައީސް ޔާމީން ގެއަށް ބަދަލުކޮށްފި

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ގެއަށް ބަދަލުކޮށްފިއެވެ.

އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީން ގެއަށް ބަދަލު ކުރަނީ އެއްމަސް ދުވަހަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ، ރަމަޟާންމަހާއި ދިމާކޮށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް، އެމަނިކުފާނުގެ އާއިލާއިން ވަނީ އެދިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ.