ކޯވިޑްގެ އާ ރިކޯޑެއް: 508 މީހުން ޕޮޒިޓިވް

ރާއްޖެއިން މިއަދު ކޯވިޑް-19އަށް 508 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހްލެތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ސައުވީސް ގަޑިއިރު، މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން، 276 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެެރެއިން 185 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 6،000އާއި ގާތްކޮށްފައެވެ. އެގޮތުން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5،594އަށް އަރައިފައެވެ.

ރާއްޖޭގައި މިހާރު ކޯވިޑް ބަލި ޖެހިގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 172 މީހުންނަށެވެ. އަދި ބަލިޖެހިގެން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ.