ކޯވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެއްޖެ

މުޅި ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރިގެން ދިޔުމާއި ގުޅިގެން، މިބަލި ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެއްޖެއެވެ.

މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ބަލި ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތައް ކަށަވަރުވެގެންދާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި އަނެއްކާވެސް ކާފިޔު އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާއި ގުޅޭގޮތުން، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

ރާއްޖޭގައި ބާރު މިނުގައި ކޯވިޑް ފެތުރެމުން އަންނައިރު، އިއްޔެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިތުރު 508 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެތެރެއިން 276 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތެެރެއިން 185 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 

 

ފޮޓޯ: ސަންއޮންލައިން