މާލެ ސަރަހައްދުގައި އަނެއްކާވެސް ކާފިޔު ހިންގަން ތައްޔާރުވެއްޖެ

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ރޭގަނޑު 12:00އިން ފަތިހު 4:00އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ކޯވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ބަލިން ރައްކާތެރިވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައެވެ. މިރޭ 10:00ގައި އެޗްއީއޯސީއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަމުގެ އިތުރު ތަފްސީލު ލިބޭނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އިއްޔެ އެކަނިވެސް 508 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ ރެކޯޑް އަދަދެކެވެ.