އަދަދުތައް މައްޗަށް: މިއަދު 585 މީހުން ޕޮޒިޓިވް

ދިވެހިރާއްޖެއިން އިތުރު 585 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވއރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ޑރ.އިބްރާހީމް އަފްޒަލްއެވެ. 

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ، 31،330 މީހުންނެވެ.

ފާއިތުވި 24ގަޑިއިރުގެ ތެރޭގައި، މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން، މާލެ ސަރަހައްދުން 397 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަތޮޅުތެެރެއިން ޕޮޒިޓިވް ވެފައިވަނީ 160 މީހުންނެވެ. އަދި ރިސޯޓްތަކުން 11 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް ފެތުރެމުންދާތީ، މިހާރުވެސް 25 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ރާއްޖޭގައި ކޯވިޑް ޖެހިގެން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ.