ކޯވިޑް-19: އިޒްރޭލުންވެސް އިންޑިއާއަށް އެހީވަނީ

ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުން އަންނަ އިންޑިއާއަށް އެހީވުމަށް އިޒްރޭލުން ނިންމައިފިއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިޒްރޭލުން އިންޑިއާއަށް އަންގާރަ ދުވަހު، އިމަޖެންސީ މެޑިކަލް އެއިޑް ފޮނުވައިދޭނެެއެވެ.

އިޒްރޭލްގެ ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިހަފްތާގެ ތެރޭގައި، އެގައުމުގެ ފްލައިޓްތަކުން އިންޑިއާއަށް އޮކްސިޖަން ޖެނެރޭޓަރުތަކާއި ރެސްޕިރޭޓްތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުންވެސް، ކޯވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރާނެ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގައި ކޯވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.