ޔުނައިޓެޑްގެ ޖާޒީ ނުވިކޭތީ އެޑިޑަސްއިން ކަންބޮޑުވެއްޖެ

އެޑިޑަސް ކުންފުނިން އުފައްދާ މެންޗެސްޓަރ ޔުނައިޓެޑްގެ ޖާރޒީ ވިއްކައިގެން އެކަށީގެންވާ ފައިދާއެއް ނުލިބޭތީ އެކުންފުނިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އެޑިޑާސްއާއިއެކު ޔުނައިޓެޑުން ވަނީ 10 އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރުއެވެ.

2019 ވަނަ އަހަރުގައި ޔުނައިޓެޑުން ވަނީ، 1.8 މިލިއަން ޖާރޒީ ވިއްކައިފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރުގައި، މިއަދަދު ވަނީ 1.7 މިލިއަންއަށް ވެއްޓިފައެވެ. އަދި މިއަހަރުގެ ތެރޭގައިވެސް، ޖާރޒީ ވިކޭ މިންވަރު ދަށްވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

ޖާރޒީގެ ވިޔަފާރީގައި ޔުނައިޓެޑް ވަނީ ލިވަރޕޫލްއަށްވުރެވެސް ފަހަތަށް ވެއްޓިފައެވެ.