ބޭނުންވާނެ ތަކެތި:
2 މޭޒުމަތީ ސަމުސާ ކޮފީ
3 މޭޒުމަތީ ސަމުސާ ގެރިކިރު
170 ގްރާމް ބަޓަރ/މާޖަރިން
250 ގްރާމް ފުށް
އެއް ސައިސަމުސާ ބޭކިން ޕައުޑަރ
ފަސް ބިސް
އެއް ޖޯޑު މޭބިސްކަދުރު
އެއް މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
150 ގްރާމް ހަކުރު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކޮފީއާއި، ފުށް، އަދި ބޭކިން ޕައުޑަރ އެއްކޮށް ފުރާނާލާށެވެ.
ދެން ބަޓަރ ނޫންނަމަ މާޖިރިންއާއި ހަކުރު އެއްކޮށްލާށެވެ. އެއަށްފަހު ބިސްވެސް އެއްކޮށްލާށެވެ. ދެން ފުށްކޮޅު ތެރެއަށް އަޅާލުމަށްފަހު، ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށްފަހު، އެސެންސާއި މޭބިސްކަދުރު އެއްކޮށްލާފައި ޓްރޭއެއްގައި ބަޓަރ ހާކާލާފަ ތައްޔާރުކުރި ފުށްގަނޑު އޭގެތެރެއަށް އަޅާފަ އަވަނުން ފިހެލާށެވެ.