ރާއްޖޭގައި ކޯވިޑްގެ އާ ވޭރިއެންޓެއް އުފެދުމަކީ ގާތްކަމެއް: ޑރ.މުފްލިހާ

ކޯވިޑް-19ގެ ކޭސްތައް ކޮންޓްރޯލް ނުވެ އިތުރުވަމުންދާނަމަ، ރާއްޖޭގައިވެސް މިބަލީގެ އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާތީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް އަޅާނެ ފިޔަވަޅުތައް އިއުލާނު ކުރުމަށްޓަކައި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ފާތިމަތު މުފްލިހާ ވިދާޅުވީ، ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ތެރޭގައި، ބަލީގެ ހާލަތު ގޯސްވާ މީހުން އިތުރުވަމުން އަންނަކަން ފާހަަގަކުރެވިފައިވާ ކަމަށެެވެ

ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާނަމަ، އާ ވޭރިއެންޓެއް އުފެދުމަކީ ވަަރަށް އެކަށީގެންވާ ކަމެއް ކަމަށްވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

"ޑަބަލް ވޭރިއެންޓަށް އަޅުގަނޑުމެން ބަލާކަމަށްވާނަމަ، ލަންގްސް(ފުއްޕާމޭ)ގައި، ވަރަށް ސީރިއަސް ހިސާބަކުން، ނިއުމޯނިއާއާއި ހިސާބުން ހޮސްޕިޓަލަށް ގެންދެވިފައި އެބަހުރި." ޑރ.މުފްލިހާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ބަލީގެ ބައެއް ވޭރިއެންޓްތަަަކަކީ، ކޯވިޑް-19އަށް ޓެސްޓު ކުރުމަށްޓަކައި ހަދާ ބައެއް ޓެސްޓުތަކުންވެސް ނުދައްކާ ވޭރިއަންޓްތަކެކެވެ. އެފަދަ ވޭރިއެންޓެއް ޖެހިއްޖެނަމަ، ބަލި ދެނެގަނެވޭއިރު ހުންނަނީ ވަަރަށް ބޮޑަށް ހާލަތު ގޯސްވެފައި ކަމަށްވެސް ޑރ.ވިދާޅުވިއެވެ.