ޑޮކްޓަރުން ހީކުރީ ބަނޑުގައި އޮތީ ހަތް ކުދިން ކަމަށް، ލިބުނީ ނުވައެއް

ހުޅަނގު އެފްރިކާގެ މާލީއަށް ނިސްބަތްވާ އަންހެނަކު އެއްމާބަނޑު ނުވަ ކުދިން ވިހައިފިއެެވެ.

އުމުރުން 25 އަހަރުގެ ހަލީމާ ސިސޭ ނަމަކަށް ކިޔާ އެ އަންހެން މީހާ ބެލި ޑޮކްޓަރުންނަށް ސްކޭއިން ފެނުނީ 7 ކުދިން އޮތް ކަމަށެވެ.

ހަލީމާ ވިހެއީ މޮރޮކޯގެ ހޮސްޕިޓަލެއްގައެވެ. އޭނާ ވިހެއީ ސިޒޭރިއަން ހަދައިގެންނެވެ.

އެއްމާބަނޑު ނުވަ ކުދިން ލިބުމަކީ ވަަަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމުން، ހަލީމާއަށް ވަރަށް ގިނަ މީހުންގެ ސަމާލުކަން ލިބުނެވެ.

އޭނާއާއި އޭނާގެ ދަރިންގެ ހާލުވެސް ރަނގަޅުކަަމަށް ރިޕޯޓްތައް ބުނެއެވެ.