އެޗްއީއޯސީގެ ތަރުޖަމާނު ނަޒްލާ ހުންނެވީ ކަރަންޓީނުގައި

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ނަޒްލާ ރަފީގު ހުންނެވީ ކަރަންޓީނުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި، މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން މަބްރޫކް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މަބްރޫކްއަކީ މީގެ ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުގެ ގޮތުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވި ބޭފުޅެކެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ފަރާތަކާއި ނަޒްލާއާއި ކޮންޓެކްވެ، އެކަމަނާ ހުންނެވީ ކަރަންޓީނުގައި ކަަމަށެވެ.

އަދި މިމުއްދަތުގެ ތެރޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނީ މަބްރޫކް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.